ރޭޕްކުރި ކަމަށް ތުހުމަތުކުރާ މީހާއަށް ހަތަރު ދައުވާއެއް ކޮށްފި

large_159292272728TyZ6.jpg

16 އަހަރު ނުވާ އަންހެން ކުއްޖަކަށް އޮޅުވާލައިގެން މާލެގެނެސް ގެސްޓްހައުސްއެއްގައި ރޭޕް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ ބ.ތުޅާދޫ ހިޔާވަހި، އުނައިސް އަޙްމަދު (25އ)ގެ މައްޗަށް ހަތަރު ދައުވާއެއް އުފުލައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އުނައިސް ހައްޔަރުކުރީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ހެކި ހުއްޓަސް، އެއީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ބަޔާންކުރާ ލިސްޓުގައި ހިމެނޭ ކުށަކަށް ނުވާތީ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ. އެކަމަކު ފަހުން ކްރިމިނަލް ކޯޓުން ވަނީ، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ޝަޚްސު އޮޅުވާލައިގެން އެ ކުއްޖާއާ ރައްޓެހިވެ، އެކުއްޖާގެ ބައްޕަގެ އަތުން މަކަރާޙީލަތުން ފައިސާ ހޯދައި، އެކުއްޖާ ޑޮކްޓަރަށް ދެއްކުމަށްކަމަށް ބުނެ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި އެކުއްޖާ މާލެ ގެނެސް ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ، އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، އުނައިސް މައްޗަށް ކުރެވެނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއާއި، ޝަޚްސު އޮޅުވާލުމުގެ ކުށުގެ ދައުވާއާއި، މަކަރާއި ޙީލަތްހެދުމުގެ ކުށުގެ ދައުވާއާއި، ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައ8ވާ ކަމަށެވެ.

އަދި މި ހަތަރު ދައުވާ ސާބިތުވެއްޖެނަމަ ކޮންމެ ދައުވާއަކަށް 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަދި ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުމުގެ ދައުވާ ސާބިތިވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކުރެވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top