ދެން އޭޓީއެމް އިން ފައިސާ ނެގޭނީ ކާޑު ނެގުމުން: ބީއެމްއެލް

bml.jpg

ހަނދާން ނެތިގެން ބީއެމްއެލްގެ އޭޓީއެމް މެޝިން ތެރޭގައި ކާޑު ބާއްވާފައި ދެވޭ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ކާޑު ނެގުމުން ނޫނީ އޭޓީއެމުން ފައިސާ ނުނެގޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަދައިފި އެވެ.

މިހާތަނަށް ބީއެމްއެލްގެ އޭޓީއެމްތަކުން ކާޑު ނެގެނީ މުޅި ޓްރާންސެކްޝަން ފުރިހަމަވެ ފައިސާ އައުމުންނެވެ.

ކާޑު ބާއްވާފައި ދެވޭ މައްސަލަ ބޭންކްގެ ސަމާލުކަމަށް މީގެކުރިން އެތައް ކަސްޓަމަރުންނެއް ގެނެސްފައިވެއެވެ.

މީގެ ކުރިންވެސް ބީއެމްއެލް އޭޓީއެމް އިން ފައިސާ ނެގުމަށް ކާޑު މެޝިނަށް ލައްވާ، ޕިން ޖެހުމަށްފަހު ކާޑު ނަގާ ގޮތަށް އޮތެވެ. ނަމަވެސް، ފަހުން ގެނައި ބަދަލާއެކު، ކާޑު މެޝިނުން ފައިސާ ނެގެނީ ކާޑު އޭޓީއެމް އިން ނުނަގަ އެވެ. އަދި ކާޑު ނަގަން ޖެހޭނީ ޓްރާންސެކްޝަން ނިންމުމަށްފަހު އެވެ.

ކާޑު ބާއްވާފައި ދެވިއްޖެ ނަމަ، އެ ކާޑު ދެން ފެންނަ މީހަކަށް ކާޑުގެ ޕިން ނަންބަރު ނޭނގުނު ކަމުގައި ވިޔަސް ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން އޮންލައިން ޓްރާންސެކްޝަންތައް ހެދުން ފަދަ ކަންކަން ކުރަން ފުރުސަތު އޮވެއެވެ.

އެހެންވެ، ގެއްލޭ ކާޑެއް އަލުން ފެނުނު ކަމުގައި ވިޔަސް ރައްކާތެރިކަމަށްޓަކައި ޖެހެނީ ކާޑު އަލުން ހަދާށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top