ކޮވިޑް-19 : އެމްޕީ ސަލީމްގެ ފަރާތުން ދާއިރާގެ ރަށްތަކަށް އަތްދޮންނަ ފުޅި

191217-hand-washing-stock-cs-906a_f4b26951f71188739ce7617acf4cb093.fit-2000w.jpg

ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ރައްޔިތުންގެ މަޖީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ހިމެނިވަޑައިގަންނަވާ ދާއިރާގެ ތިން ރަށްކަމުގައިވާ އޭދަފުއްޓާއި މާޅޮހާއި ހިތާދުއަށް އަތްދޮންނަ ފުޅި ހަދިޔާ ކުރައްވަން އޭނާ ނިންމަވައިފިއެވެ.

މިކަމާގުޅިގެން ސަލީމް ވިދާޅުވީ އަތްދޮންނަފުޅި ހަދިޔާ ކުރައްވަން ނިންމެވީ މި ވައިރަސް އިން ސަލާމަތް ވުމަށް އަދި އެއްވެސް ފަރުވާ އެއް ހޯދިފައިނުވުމާއެކު ޑޮކްޓަރުން އެންމެ ބޮޑަށް ބާރު އަޅުއްވާ އެއްކަމަކީ އަބަދުވެސް ސާފުކޮށް އަތް ދޮވުން ކަމަށް ވާތީއެވެ.

ސަލީމު ވިދާޅުވީ މިއީ ރަމްޒީ އެހީއެއްކަމަށާއި މި ރޯގާއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަތުވެދާނެ ލޮޅުމެއްގެ ސަބަބުން ދާއިރާގެ ރައްޔިތުންނަށް އެހީތެރިވެދޭން ޖެހިއްޖެނަމަ އެމަނިކުފާނަށް ވެދެވެން ހުރި ހުރިހާ އެހީއެއްވެސް ވެދެއްވަމުން ގެންދެވުމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

“ރައްޔިތުންގެ ހާލު ވަރަށް ގާތުން މިދަނީ ބަލަމުން. ކޮރޯނާ ވައިރަސް އާ ގުޅޭ ގޮތުން ސަރުކާރުން ދެއްވާ ނަސޭހަތާއި އިރުޝާދުތައް އަޑުއަހައިގެން އެއަށް އަަމަލު ކުރުމަކީ ތިމާގެ އާއިލާއާއި ގައުމުގެ ސަލާމަތަށް ޓަކައި ކޮންމެ ރައްޔިތަކުވެސް އަދާކުރަންޖެހޭ ފަރުދީ ވާޖިބެއްގެ ގޮތުގައި ބެއްލެވުން އެދެން.” މަޝްހޫރު ރެޑްވޭވް ކުންފުނިވެސް ހިންގަވަމުން ގެންދަވާ، ސަލީމް ވިދާޅުވިއެވެ.

އަތްދޮން ފުޅިތައް އެމްޕީ ސަލީމުގެ ދާއިރާގެ ތިން ރަށަށް ބޭނުންވާ އަދަދަށް މިހާރުހުރީ އޭދަފުއްޓަށް އައުމަށް ތައްތާރުވެފައިވާ ބޯޓަކަށް އަރުވާފައެވެ. ލަފާކުރެވޭ ގޮތުގައި މިދޯނި މާދަމާގެ ވަގުތެއްގައި އޭދަފުއްޓަށް އަންނާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top