ކަރަންޓު ބިލާއި ފެންބިލުން ބޮޑު އިނާޔަތެއް ދެނީ .

Ameer.jpg

މިނިސްޓަރު އަމީރު

ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ނުބައި އަސަރުކޮށް ރައްޔިތުންގެ މާލީ ހާލަތު ކުރިއަށް އޮތް ތަނުގައިވެސް ދަށްވާނެ ކަމަށް ބެލެވޭތީ ކުރިއަށް އޮތް އެޕްރީލް މަހާއި މޭ މަހުގެ ކަރަންޓު ބިލުން އިނާޔަތެއް ދޭން ސަރުކާރުން ނިންމަވައިފިއެވެ.

މިކަން ހާމަ ކުރައްވާފައިވަނީ މިއަދު ސަރުކާރުން ތައާރަފްކޮށްފައިވާ އިކޮނޮމިކް ޕެކޭޖްގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

މި ބައްދަލުވުމުގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ އެޕްރީލް މަހާއި މޭ މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ އަދި ފެން ބިލުން 30 އިންސައްތައިގެ އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަމީރު ވިދާޅުވީ މިއީ އާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކޯވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިތުރުން މުޅި ދުނިޔެވެސް އިގްތިޞާދީ އަނދަވަޅަކަށް ވެއްޓެމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ އިޤްތިޞާދަށް ކުރާ އަސަރު ކުޑަ ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

އެގޮތުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް މެދު ކަނޑާލުމާއި ވިޔަފާރިތަކަށް ކުޑަ އިންޓަރެސްޓުގައި ލޯނުތައް ދިނުން ފަދަ އިންތިޒާމުތައް ބޭންކުތަކާ މަޝްވަރާ ކޮށްގެން ސަރުކާރުން އަންނަނީ ހަމަޖައްސަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top