ދަސްވާރެއް ނޫން. ހޭވައްލާ !

big_vfO1ObQEK22QfMz7Kl2w93Lqd.jpeg

އުނގޫފާރުގައި ބޭއްވި ޖަލްސާ--ފޮޓޯ :ރައީސް އޮފީސް

ރައީސް ޔާމީންގެ ސަރުކާރުން ސްކޫލްތަކުގައި ހިންގަމުން އައި “ދަސްވާރު” ޕްރޮގްރާމް އުވާލައި “ހޭވައްލާ” ގެ ނަމުގައި އާ ޕްރޮގްރާމެއް ސްކޫލުތަކުގައި ހިންގަން ފަށައިފި އެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވީ އިއްޔެ ރ. އުނގޫފާރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން، ނައިބު ރައީސް ވަނީ ދަރިވަރުން ޝައުގުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުސަތު ދިނުން މުހިއްމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ. އަދި، ބެލެނިވެރިން ދަރިވަރުންނަށް އެ ފުރުސަތު ހޯދައި ދިނުމަށް ވެސް ނައިބު ރައީސް އިލްތިމާސް ކުރެއްވި އެވެ.

މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ހުނަރު އުނގެނެން ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް ހޭވައްލާ ޕްރޮގްރާމުގެ ދަށުން ފުރުސަތު ލިބޭނެ ކަމަށާއި އަދި މިކަމުގައި ކުއްޖާގެ ތައުލީމީ ފެންވަރަށް ނުބަލާނެ ކަމަށެވެ.

“ދަސްވާރުން ބުނެދިނީ ހުނަރު ޕްރޮގްރާމް ހިންގަނީ ނުކިޔަވާ ދަށް ކުދިންނަށް ކަމަށް. ސިޔާސަ ކުދިންނަށް ކަމަށް. ނަތީޖާއަކަށްވީ ހަގީގަތުގައި ހުނަރު ދަސްކުރަން ބޭނުންވި ގިނަ ކުދިންނަށް އެ ފުރުސަތު ނުލިބުން. ހުނަރުވެރިން ލިބުން މަދުވުން،” މިނިސްޓަރު ވިދާޅުވި އެވެ.

ސާނަވީ ތައުލީމު ނިންމުމަށް ފަހު މަތީ ސާނަވީ ތައުލީމު ފެށުމުގެ ކުރިން ދަރިވަރުންނަށް ލިބޭ ހަތަރު މަސް ދުވަހު މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން، އެކި ހުނަރުތައް ދަސްކޮށް ދޭނެ އެވެ. އޭގެ ތެރޭގައި، ވަޑާން ކުރުމާއި ފަހަން ދަސްކޮށް ދިނުން ހިމެނެ އެވެ. މި ޕްރޮގްރާމްގެ ދަށުން އުނގޫފާރުގައި ވަނީ ވަޑާން ކްލާހެއް ވެސް އިއްޔެ ފަށާފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ގްރޭޑް 10 އަކަށް ހާއްސަކޮށް ފެށި ދަސްވާރު ޕްރޮގްރާމް ވަނީ އަތޮޅުތެރޭގައިވެސް ހިންގާފަ އެވެ. އަމިއްލަ ކުންފުނިތަކާވެސް ގުޅިގެން ހިންގި މި ޕްރޮގްރާމްގެ ދަށުން ތަމްރީން ހޯދާފައި ތިބި ގިނަ ކުދިންނަށް ވަޒީފާގެ ފުރުސަތުތައްވެސް ލިބުނެވެ. މި ޕްރޮގްރާމް ހުއްޓާލީ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އެކަށީގެންވާ ގޮތަށް ނޫން ކަމަށް ބުނެ މި ސަރުކާރުން މިއަހަރުގެ ޖަނަވަރީ މަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top