މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

l_2019_06_11_024510_45ov1hndcmtxups6k8zwryj2lqagb7ei9f3_EN_.jpg

އެމްޕީ .އަހުމަދު ސަލީމް --ފޮޓޯ :މަޖިލިސް އިދާރާ

ޕީޕީއެމްއަކީ ރައްޔިތުން މަޖިލީހުގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އޮޕޮޒިޝަން ލީޑަރަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑއަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލިސް ރައީސް މިކަން އިއުލާން ކުރެއްވީ، އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވި ވަޑައިގެންނެވި، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު، އިދިކޮޅު ޕީޕީއެމް އާ ގުޅިވަޑައިގަތުން ފާހަގަ ކުރައްވައި، އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެ ވަޑައިގެންނެވިކަން އިއުލާން ކުރައްވަމުންނެވެ.

މަޖިލީހުގައި މީގެ ކުރިން ސިޔާސީ ޕާޓީތަކުގެ މެންބަރުން އެކުލެވިގެން ވަނީ އެމްޑީޕީގައި 65 މެންބަރުން، ޕީޕީއެމް އަދި ޖޭޕީގައި ފަސް މެންބަރުން، ޕީއެންސީގައި ތިން މެންބަރުން، އެމްޑީއޭގައި ދެ މެންބަރުން އަދި ޕާޓީއަކަށް ނިސްބަތް ވެވަޑައި ނުގަންނަވާ ހަ މެންބަރުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެ ބަދަލާއެކު، މަޖިލީހުގެ ދަފުތަރުގައި މެންބަރުން ހިމެނިވަޑައިގަންނަވަނީ، އެމްޑީޕީގެ 65 މެންބަރުންނާއި ޕީޕީއެމްގެ 6 މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ 5 މެންބަރުންނާއި ޕީއެންސީގެ 3 މެންބަރުންނާއި އެމްޑީއޭއަށް 2 އަދި ވަކި ޕާޓީއަކާ ގުޅިވަޑައިނުގެން އިންތިހާބު ކާމިޔާބު ކުރެއްވި 6 މެންބަރުން ކަމަށެވެ

އެހެންވީމާ މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނު އަސާސީގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނަށް، ޖަވާބު ތައްޔާރު ކޮށްދެއްވުމަށް އޮޕޮޒިޝަން ލީޑަރުގެ އަރިހުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މައިނޯރިޓީ ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ މެންބަރުން ކޮންޓޯލް ކުރާ ޕާޓީ ފިޔަވައި އެންމެ މެންބަރުން ހިމެނޭ ޕާޓީގެ ޕީޖީ ލީޑަރެވެ. ގާނޫނު ބުނާ ގޮތުން ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގެ އިދިކޮޅު ލީޑަރު ލިޔުމުން ޖަވާބު ފޮނުއްވަން ޖެހިވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top