ރަޖިސްޓަރީ ކޮށްގެން ނޫނީ ޓީޗަރުކަން ނުކުރެވޭގޮތް ހަދަނީ

2-baa-atoll-education-centre.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ޓީޗަރުންނާއި ދަރިވަރުން

ރަޖިސްޓްރީކޮށް ލައިސަންސް ހޯދައިގެން ނޫނީ ޓީޗަރުންނަށް ކިޔަވައި ނުދެވޭނެ ގޮތް ހަދައި، ތައުލީމީ ދާއިރާގެ ގިނަ ކަންކަން ގާނޫނުގެ ތެރެއަށް ލުމަށް ”ތައުލީމީ ބިލު” ގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ތައުލީމުގެ ބިިލުގައި ވާ ގޮތުން، ރަޖިސްޓްރީކުރުމަކާ ނުލައި ރާއްޖޭގައި ހިންގާ އެއްވެސް ސްކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނުވާނެއެވެ. އަދި، ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މެނުވީ އެއްވެސް ސުކޫލަކުން ޓީޗަރެއްގެ ވަޒީފާ ދީގެން ނުވާނެ ކަމަށެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ޓީޗަރުން ރަޖިސްޓްރީވުމަށް ޓީޗާސް ރަޖިސްޓްރޭޝަންގެ ނަމުގައި ކައުންސިލެއް ހަދަންޖެހެއެވެ.

އަދި މިހާރު ކިޔަވައިދޭ ތަންތަންވެސް ‎ތައުލީމުގެ ބިލު ފާސްވެ ގާނޫނަށްކަށްވެސް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި ރެޖިސްޓްރީކުރަން ޖެހޭނެ ކަމަށް ބިލުގައި ބުނެ އެވެ.

‎މިބިލުގައިވާ ގޮތުން ކިޔަވައި ދޭ އެއްވެސް ތަނެއް ލައިސަންސަކާއި ނުލާ ހިންގުމަކީވެސް މަނާ ކަމެކެވެ.  ލައިސަންސްއަކާ ނުލައި ކިޔަވައި ނުދެވޭނެ ތަންތަނުގެ ތެރޭގައި ސަރުކާރު ސްކޫލުތަކާއި އަމިއްލަ ސްކޫލުތަކާއި، ނާސަރީ އަދި ބޭބީ ނާސަރީ އާއި ޕްރީސްކޫލުތަކުގެ އިތުރުން ޓިއުޝަން ސެންޓަރުތަކާއި ޓިއުޝަން ކްލާސްތައް ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top