ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހިނގާލުމެއް އޭދަފުށީގައި ބާއްވައިފި

ފައިނަލް-2.jpg

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް /ޕީއެންސީ އިން މިއަދު ހަވީރު އޭދަފުށީގައި ބޭއްވި ހިނގާލުން

ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމަކީ އިންސާފުން ބޭރުން ކޮށްފައިވާ ސިޔާސީ ހުކުމެއްކަމަށާއި އެމަނިކުފާނު ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށް ޕީޕީއެމް/ޕީއެންސީ އޭދަފުށީ ގޮފިން ސަރުކާރަށް ގޮވާލައިފިއެވެ.

މިކަމަށް ގޮވާލާފައިވަނީ މިއަދު ހަވީރު އޭދަފުށީގެ ބޮޑެތި މަގުތަކުގައި ބޭއްވި ސުލްހަވެރި ހިނގާލުމުގެ ތެރޭގައެވެ.

ޝުއޫރު ފާޅު ކުރުމުގައި ބައިވެރިން އުފުލާފައިވާ ލިއުންތަކުގެ ތެރޭގައި “ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރޭ! ރައީސް ޔާމީނަކީ މި ގަރުނުގެ ބޮޑުތަކުރުފާނު ، ރައީސް ޔާމީނާ ނުލާ މި ގައުމު ތަރައްގީއެއްނުވާނެ ، އަދި 2023 އަކީ އަހަރެމެންގެ ފަހަރު، ” މި ފަދަ މެސެޖްތައް ހިމެނެއެެވެ.

މި ހިނގާލުމުގެ ކުރިންނާއި ހިނގާލުން ނިންމާލުމަށްފަހު ރައީސް ޔާމީން ދޫކޮށްލުމަށް އެދި މުޅި ރާއްޖޭގެ ރައްޔިތުން ގެ ފަރާތުން ހުށަހަޅާ ޕެޓިޝަންގައި ސޮއި ކުރުންވެސް ޕީޕިއެމް އޮފީހުގައި ކުރިއަށް ގެންދިޔަ އެވެ. ޕެޓިޝަންގައި ސޮއިކުރުން މިރޭވެސް 8؛30 އިން ފެށިގެން ޕީޕީއެމް/ޕީއެންސީ އޮފީހުގައި ކުރިއަށް ދާނެކަމަށް ޕީޕީއެމް ޕީއެންސީ އޭދަފުށި ގޮފީގެ ފަރާތުން މައުލޫމާތު ދެއެވެ.

އޭދަފުށީގައި މިއަދު ހަވީރު ހިނގާލުން ކުރިއަށް ދިޔައިރު ރާއްޖޭގެ އެެހެން ބައެއް ރަށްރަށުގައިވެސް ވަނީ ރައީސް ޔާމީން މިނިވަން ގޮވާލާ އަޑު އުފުލާފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމާއި ގުޅިގެން މާލޭގައި އިދިކޮޅުން ދަނީ އެކަމާއި ނުރުހުން ފާޅުކޮށް ޕީޕީއެމް އޮފީސް ކުރިމަތީގަޔާއި، ކާނިވާ ސަރަހައްދުގައިވެސް މުޒާހަރާ ކުރަމުންނެވެ.

އެ އެއްވުންތައް ރޫޅައިލުމަށް ފުލުހުން ކުރާ މަސައްކަތަށް ހުރަސްއެޅުމުން ބައެއް ފަރާތްތައް ހައްޔަރުކުރާއިރު، ބައެއް މީހުންނަށް އަނިޔާވެސް ލިބިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top