އެމް7ގެ ސްކޫލް ޕްރޮމޯ ވަރަށް ކާމިޔާބު -އެމް.ޑީ ސައްތާރު

71560244_936234346753770_5579158939796242432_n.jpg

އެމް7 ބުކް ސްޓޯރ--ފޮޓޯ އެމް7

ބ.ހިތާދޫ ކުރީގެ ކަތީބު އަބްދުއްސައްތާރު އިބްރާހީމްގެ އާއިލީ މަސްލަހަތު އޮންނަ އެމް7 ކުންފުނީގެ ބުކް ސްޓޯރުން ކުރިއަށްގެންދާ އެމް7 ސްކޫލް ފޮތްލިސްޓް ޕްރޮމޯ 2020، ވަރަށް ކާމިޔާބު ކަމަށް އެމް 7 އިން ބުނެފިއެވެ.

އީވީއާ ވާހަކަ ދައްކަވަމުން އެމް7ގެ އެމްޑީ، މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތެރެއިންވެސް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން ދާ ކަމަށެވެ.

“އެމް 7އާއި ގުޅިގެން އަތޮޅުތެރޭގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ފަރާތުން ލިބޭ އެއްބާރު ލުމާއެކު އަތޮޅުތެރޭގައިވެސް އެމް 7ގެ ސްކޫލްޕްރޯ އަށް އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން. އެގޮތުން ބ. އަތޮޅުގެގިނަ ރަށްރަށުން ވެސް މި ޕްރޯ ކާމިޔާބު ކަމާއެކު ކުރިއަށް ދެއޭ ދެންނެވޭނީ. އެ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރަން ” ސައްތާރު ވިދާޅުވިއެވެ.

އެމް7 އިން ދަނީ ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން ގޭގެއާ ހިސާބަށް ފޮތް ލިސްޓް ފޯރު ކޮށްދެމުންނެވެ. މިކަން ކުރުމުގައި އެމް7ގެ ޓީމުންނާއި ރަށްރަށުގައި ތިއްބެވި އެމް7 ގެ އެޖެންޓުންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑުކަން ފާހަގަ ކުރައްވައި ސައްތާރު ވިދާޅުވީ ސްކޫލް ސީޒަން ފެށިގެން ދިހަވަރަކަށް ދުވަސް ތެރޭގައި އެމް7 ގެ ސްކޫލް ފޮތްލިސްޓް ޕްރޮމޯގެ ދަށުން ދޫކުރާ ތަކެތި ތަކެތި ހުސްވުމަކާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އެހެންވީމާ އެމް7 ގެ ބުކް ޕްރޯގެ ދަށުން ސްކޫލް ސީޒަންއަށް ދޫކުރާ ތަކެތި ނެންގެވުން ލަސް ކުރައްވައިފިނަމަ ފުރުސަތު ގެއްލިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޚާއްސަ ކޮށް އެމް 7 ގެ ރީތި މޮނީޓަރު ފޮތާ ރާއްޖެ ވަންތަކަން އެކުލެވޭ ގޮތަށް އެކި ޑިޒައިންތަކަށް ތައްޔާރުކޮށްފައި ހުރި ފައިލް ފަދަ ތަކެތި ނުލިބުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ.

ސްކޫލް ސީޒަންގެ ބުކްޕްރޯގެ ދަށުން އެމް7 އިން ނަންގަވާ ކޮންމެ ފޮތް ލިސްޓެއް ޕެކޭޖް ކުރެވިފައިވާ އިރު މި ޕެކޭޖުގައި ފޮތްތަކުގައި ލުމަށް ބޭނުންވާނެ ސެލޯފިން އާއި މޮޅު ދަބަހެއްވެސް ހިމެނެއެވެ.

މީގެ އިތުރުން ޕްރީސްކޫލް ކުދިންނަށް ބޭނުންވާ ހުރިހާ ތަކެއްޗާއެކު ވަރަށް ރީތި ދިވެހިވަންތަ ޑިޒައިން ތަކުގެ ކަރުދާސް ވެސް އެމް7އިން ލިބެން އެބަހުއްޓެވެ.

އެމް7ގެ ވިޔަފާރީގެ ޚިދުމަތް އަތޮޅުތެރެއާ ހަމައަށް ފުޅާ ކުރުމުގެ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ވަނީ އައްޑޫސިޓީ ގައި، އެމް7 ގެ ވިޔަފާރި އާއި ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ހިތަދޫ “ކޮންޓްރޯލް ޕީ” ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހަމައެހެންމެ އޮކްޓޯބަރުމަހު މަހު ހުވަދު އަތޮޅުގައި އެމް7 ގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ގދ. ތިނަދޫ ޕްރިންޓް ޓެކް ކުންފުންޏާއެކުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

“އެސް އެމް ސްޓޭޝަނަރީ” ގެ ނަމުގައި ފޮޓޯ ކޮޕީއަށް ހާއްސަކޮށްގެން 1995 ވަނަ އަހަރު ހުޅުވި މި ކުންފުނީގެ 24 އަހަރުގެ ވިޔަފާރީގެ ދުވެއްޔަށް ބަލާއިރު އެމް 7 ވަނީ ކުރިއެރުންތަކެއް ހޯދާފައިކަން ފާހަގަ ކުރެވެއެވެ. މި ކުންފުނީގެ ނަން މިހާރު އެމް7 ޕްރިންޓްސް އަށް ބަދަލު ކޮށްފައިވާއިރު އެ ކުންފުނީގެ ކުޑައިގެ ދަށުގައި އެމް7 ޕްރިންޓްގެ އިތުރުން، އެމް ސެވަން ބުކް ސްޓޯރުގެ ތިން ފިހާރަ އާއި ފޮޓޯކޮޕީގެ ޚިދުމަތް ދޭ އަލް ފަލާހް އާއި އެމް7 މީޑިއާ ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top