ކައުންސިލްތަކުގެ ދައުރު 5 އަހަރަށް

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

ލޯކަަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރަން ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމެވެ. އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.

ގާނޫނު އާސާސީއަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމަށް ހުޅުވާލުމުން ކޮމިޓީން ވަނީ އެ ބިލަށް އިތުރު ދެ އިސްލާހެއް ވެސް ގެނެސްފަ އެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އެއް އިސްލާހުގައި ވަނީ އެ ބިލަށް އަމަލު ކުރަން ފަށާނީ ބިލް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށެވެ.

ދެ ވަނަ އިސްލާހަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެމްބަރުން އައްޔަން ކުރަންވާނީ ބިލަށް އަމަލު ކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލް އިންތިހާބުގައި ކަމަށެވެ.

ހަމަ އެއާއެކު ސިޓީކައުންސިލްގެ މޭޔަރާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ރައީސުން އިންތިހާބު ކުރާނީ އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދިމިގްރާތީ އުސޫލުތަކުގެ މަތިންނެގޭ ސިއްރު ވޯޓަކުން ކަމަށްވެސް މިއަދުވަނީ ފާސްކޮށްފަ އެވެ.

ގާނޫނު އަސާސީ އަށް ބަދަލު ގެންނަން މަޖިލިހުން ފާސްކުރި އިރު، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ބިލެއް ވެސް ހުށަހަޅައިފަ އެވެ. މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން އެ ބިލް ދިރާސާކޮށް މިހާރު ވަނީ ތަޅުމަށް ވެސް ފޮނުވައިފަ އެވެ.

ކައުންސިލްތަކަށް ބަދަލު އަންނަގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ފާސްކުރިއިރު، ކައުންސިލްތަކަށް ބޮޑެތި ބަދަލުތަކަކާއި ބޮޑެތި ބާރުތަކެއް ދިނުމަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގައި ދަނީ މަސައްްކަތް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top