އޮންްލައިން ކޮށް ފައިސާ ދެއްކޭނެގޮތް ހެދުމަށް ފެނަކަ، ތައްޔާރުވަނީ

viber_image_2019-12-02_11-31-59.jpg

ކަރަންޓުބިލަށް ފައިސާ ދެއްކުމަށްފަހު އޭދަފުށީގައި ހުންނަ ފެނަކަ އޮފީހުން ދެމީހަކު ނުކުމެގެން ދަނީ

ފެނަކަ ކޯޕަރޭޝަނުން ހިދުމަތްހޯދާ ފަރާތްތަކަށް ފަސޭހައިން ބިލަށް ފައިސާ ދެއްކޭނެ ގޮތް ހެދުމުގެ ގޮތުން އަންނަ އަހަރުގެ ތެރޭގައި އޮންލައިން ކޮށް ބިލަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސާނެކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިގެ އިންޖިނިއަރިން މަހާސިންތާ ނިންމުމުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަ ދައްކަވަމުން  އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އެކުންފުނިން ޚިދުމަތް ދެމުން އަންނަ 152 ރަށުގެ ރައްޔިތުންނަށް ފަސޭހަ ކުރުމުގެ ގޮތުން އަންނަ އަހަރުގެ ތެރޭގައި އޮންލައިން ކޮށް ބިލް ދެއްކޭނެ ގޮތް ހަމަޖައްސައިދެވޭނެ ކަމުގައެވެ. މީގެ އިތުރުން ރަށްރަށުގެ ކަރަންޓު ނެޓުވޯކްތައް އާކުރުމުގެ މަސައްކަތް ކުރިއަށް ގެެންދާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަމަ އެއާއެކު ރާއްޖޭގެ ގިނަ ރަށްތައް ސަބްމެރިން ކޭބަލްއަކުން ގުޅުވާލުމުގެ މަޝްރޫއަކީ ވެސް އަނަނަ އަހަރު ކުރަން ނިންމާފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

“ރާއްޖޭގެ ހަކަތައިގެ ދާއިރާގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު މަޝްރޫއުކަމަށް މި ކަން ވެގެންދާއިރު އިރާދަކުރެއްވިއްޔާމު 2020 ވަނަ އަހަރު ތެރޭގައި ބައެއް ރަށްރަށް ސަބްމެރިން ކޭބަލްއިން ގުޅުވާލުމުގެ މަސައްކަތްތައް ފައްޓާނަން،” ސައީދު ވިދާޅުވި އެެވެ.

ސަބްމެރިން ކޭބަލްއަކުން ރަށްރަށް ގުޅުވާލަން ނިންމިއިރު އެގޮތަށް ގުޅުވެން ހުރި ހުރިހާ ރަަށްތަކެއް ގުޅުވާލުމަކީ އަމާޒެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top