ރެޑްވޭވް ރޯދަސޭލްގެ ނަސީބުވެރިން ހޮވައިފި

Redwave8-876x585.jpeg

ރެޑްވޭވް ރޯދަ ސޭލް ޕްރޮމޯޝަންގެ ނަޞީބުވެރިން ހޮވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރުގެ ރެޑްވޭވް ފިހާރަތަކުން ކޮންމެ އަހަރަކު ރޯދަ މަހާ ގުޅިގެން ކުރިއަށްގެންދާ “ރެޑްވޭވް ރޯދަ ސޭލް”ގެ މިއަހަރުގެ ނަސީބުވެރިން ހޮަވައިފިއެވެ.

ރެޑްވޭވްގެ ފިހާރަތަކުގައި ރޯދަ މަހާ ގުޅިގެން ކުރިއަށްގެން ދިޔަ ރޯދަސޭލް ޕްރޮމޯޝަންގައި 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރި އެވެ. އެގޮތުން މި ޕްރޮމޯޝަން އަށް 150،000 އަށް ވުރެ ގިނަ ކޫޕަން ފުރުމަށްފަހު ލާފައިވެ އެވެ.

މިއަހަރުގެ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށެެވެ.

މި ޕްރޮމޯޝަންގައި އެންމެ އަގު ބޮޑު އިނާމު ލިބޭ ނަސީބުވެރިޔާ އަށް ދޭން ކަނޑައަޅާފައިވާ 100،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިފައިވަނީ މުހައްމަދު ޝިޔާމް (ކޫޕަން ނަމްބަރު 056415) އަށެވެ. މީގެ އިތުރުން މި ސޭލްގައި 25 އިނާމު ވަނީ ހޮވާފައިވެ އެވެ.

މިފަރާތްތައް ހޮވާފައިވަނީ އެކަމަށް ޚާއްސަކޮށްގެން، ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަ މޯލްގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ.

ރެޑްވޭވް އިން ބުނީ މި އަހަރުގެ ރެޑްވޭވް ސޭލް ވެގެން ދިޔައީ، ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުހީބު ލިބިގެން ދިޔަ ޕްރޮމޯޝަނަކަށް ކަމަށެވެ. ވުމާއިއެކު، ކުރިއަށް އޮތް ރެޑްވޭވްގެ ޕްރޮމޯޝަންތައް ވެގެން ދާނީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވަރަށް ހެޔޮ އަގުގައި ލިބިގެންދާނެ ބޮޑު ސޭލް އަކަށް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top