އޭދަފުށީ ދާއިރާގެ މެންބަރު ސަލީމު ޕީޕީއެމް ގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަށް

DSCN0821-800x492-800x492.jpg

އެމްޕީ ސަލީމް އޭދަފުށީގައި -އީވީ ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރުކަމަށް ތިންވަނަ ދައުރަކަށް އިންތިހާބުވެފައިވާ އަހުމަދު ސަލީމު (ރެޑްވޭވް ސަލީމު) ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް އިންތިހާބު ކޮށްފިއެވެ.

މި މަގާމަށް ސަލީމު އިންތިހާބު ކޮށްފައިވަނީ މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ އިއްތިފާގުންނެވެ.

އޭދަފުށި ދާއިރާގެ މެންބަރު ކަމަށް ސަލީމް އެންމެ ފުރަތަމަ އިންތިހާބުވެފައިވަނީ 2009 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބާ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ސަލީމު ކާމިޔާބު ކުރައްވާފައިވާތީ މިއީ މަޖިލީހުގައި ސަލީމު އޭދަފުށި ދާއިރާ ތަމްސީލު ކުރައްވާ ތިންވަނަ ދައުރެވެ.

ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ލީޑަރުން އަދި ހަމަ ނުޖައްސާ ކަމަށާއި މިއަދު އޮތީ ހަމަ އެކަނި ލީޑަރު ހަމަޖެއްސުން ކަމަށެވެ.

މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް ބެހިފައި އޮތް ގޮތަށް ބަލާއިރު، އިދިކޮޅު ޕީޕީއެމަށް ލިބިފައިވަނީ ފަސް ގޮނޑިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top