މިރެއިން ފެށިގެން އޭދަފުށީގައި ދަމުނަމާދު ކުރާނެ

kk.jpg

އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީނުއްޘާނީ. އޭދަފުށީގައި ދަމުނަމާދު ކުރާނީ މިމިސްކިތުގައި / ފޮޓޯ: އޭދަފުށީ ވޮއިސް

މިރެއިން ފެށިގެން އޭދަފުށީ މަސްޖިދު މުއީނުއްދީނުއްޘާނީ (ބޮޑު މިސްކިތް) ގައި މި ރޯދަމަސް ނިމެންދެން ދަމު ނަމާދުކުރާގޮތަށް ހަމަޖެހިއްޖެއެވެ.

އެމިސްކިތުގެ ވަގުތީ އިމާމް ފަތުހުﷲ އަބްދުﷲ ބުނީ މިރޯދަ މަހުގެ ފަހު ދިހައިގެ ހުރިހާ ރެއަކުވެސް  ބޮޑުމިސްކިތުގައި ދަމު ނަމާދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

 

އެގޮތުން ފަހު ދިހައެއްގެ ކޮންމެ ރެއަކު 2:00 ޖަހާއިރު ދަމުނަމާދު ކުރަން ފަށާނެކަމަށް ފަތުހުﷲ ބުންޏެވެ. އޭނާ ބުނީ ދަމުނަމާދު އިމާމުވެ ކުރައްވާނީ ޕާކިސްތާނުގެ ހާފިޒް ސަމީއުﷲ އާއި، ހާފިޒު މުސްތަފާކަމަށެވެ.

މި ރޯދަމަހު ފަހު 10ގައި މާލެއާއި އަތޮޅު ތަކުގެ ބޮޑެތި މިސްކިތުގައި ދަމު ނަމާދުކުރާނެކަމަށް އިއްޔެ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ވިދާޅުވެފައެވެ.

ދަމު ނަމާދަކީ އެ ނަމާދުގެ މާތްކަމާއި އިތުރުކަމާމެދު ވަރަށް ގިނަ ހަދީސްތަކާއި އާޔަތްތައް އައިސްފައިވާ ނަމާދެކެވެ. ފަރުޟު ފަސް ނަމާދަށްފަހު ދެން އެންމެ އިތުރުކަން ބޮޑުވެގެންވާ ނަމާދަކީ ދަމު ނަމާދެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top