ތުޅާދޫން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމަށް 600ކވ އިންޖީނެއް ގެނެސްފި

IMG-afe227e2acbc4bfec5fff3a13e96b23e-V.jpg

ތުޅާދޫއަށް އިއްޔެ ގެނައި 600ކވ އިންޖީނު އެރަށަށް ބޭލުމުގެ މަސައްކަތް ކުރަނީ. / ފޮޓޯ: ތުޅާދޫ ކައުންސިލް

ބ. ތުޅާދޫއަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެރަށަށް 600ކވ އިންޖީނެއް ގެނެސްފިއެވެ.

ތުޅާދޫގެ ކަރަންޓް ކެނޑުމުގެ މައްސަލަ ގޯސްވީ މިރޯދަމަހުގެ ކުރީކޮޅު، އެއިންޖީނުގޭގައި ބޭނުންކުރާ 3 އިންޖީނުގެ ތެރެއިން 2 އިންޖީނެއް މައްސަލަޖެހި އާދީއްތަދުވަހު ދިހަވަރަކަށް ގަޑިއިރަށް މުޅިރަށުން ކަރަންޓް ކެނޑުމާގުޅިގެންނެވެ.

ފެނަކައިން ފޮނުވި 600ކވ އިންޖީނު އިއްޔެ މެންދުރު އެރަށަށް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް އިއްޔެއާ، ރޭ ކުރިޔަށް ދިޔަކަމަށް ފެނަކައާ، ހަވާލާދީ ބ. ތުޅާދޫ ކައުންސިލުން ބުނެއެވެ. ތުޅާދޫ ކައުންސިލްގެ އޮފިޝަލަކު އީވީއަށް ވިދާޅުވީ މިވަގުތުވެސް ދޭތެރެ ދޭތެރެއިން ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑަންޖެހެއެވެ. ނަމަވެސް 600ކވ އިންޖީނު އިންސްޓޯލް ކުރުމާއެކު މިމައްސަލަ މުޅިން ހައްލުވެގެންދާނޭކަމަށް އޭނާ ވިދާޅުވިއެވެ.

“މައްސަލަޖެހު 2 އިންޖީނުގެ ތެރެއިން 1 އިންޖީނު ހަދައިގެން މިވަގުތު މުޅިރަށަށް ކަރަންޓް ދެމުން އެގެންދަނީ. 600ކވ އިންޖީނު މިގެނައީ އިއްޔެ. ރޭ އިންޖީނު ބެހެއްޓުމުގެ މަސައްކަތް ކުރިޔަށްދިޔަ، އުއްމީދުކުރަނީ މިއަދުގެ ވަގުތެއްގައި އިންޖީނު އިންސްޓޯލްކޮށް ކަރަންޓް ދޭން ފެށޭނެކަމަށް”

ކައުންސިލުންބުނީ ތިންހާހެއްހާ މީހުންގެ އާބާދީއެއްއޮތް ތުޅާދޫން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނަތާ ދުވަސްތަކެއް ވެފައިވާކަމަށެވެ. އަދި އެރަށުގެ ނަރުދަމާއާ ނިޒާމާ، ފެނުގެ ހިދްމަތް ފެށުމުން ކަރަންޓްގެ ލޯޑް މަތިވާނެތީ، އެކަން ފެނަކައިގެ ސަމާލުކަމަށް ގެނެސްފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top