ކަރަންޓު މައްސަލަ ހައްލުވެއްޖެކަމަށް ބުނެފި

IMG_20170715_162214-800x450-800x450-800x450-800x450.jpg

އޭދަފުށީ އިންޖީނުގޭގެ މުވައްޒަފުންތަކެއް އެއިންޖީނުގޭގެ ޓެކްނިކަލް މަސައްކަތެއްގައި. މިއަދު އޭދަފުށިން ކަރަްންޓް ކެނޑުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުން / އީވީ ފައިލްފޮޓޯ

އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބުނެ މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އޭދަފުށިން އިރުއިރު ކޮޅުން ކަރަންޓު ދިއުމުގެ މައްސަލަ ހައްލު ވެއްޖެކަމަށް އޭދަފުށީ އިންޖީނުގެ އިން ބުނެފިއެވެ.

ކުރިން އެންގުމެއްނެތި ވޭތުވެދިޔަ ތިންދުވަހު ގޭގެއިންނާއި ފިހާރަތަކުން ކަރަންޓު ކެނޑުމުން ބައެއްގޭގެ އާއި ފިހާރަތަކުގައި ބޭނުންކުރާ ބައެއް އިލެކްޓްރޯނިކް ތަކެއްޗަށް ވަނީ ގެއްލުން ތަކެއްވެސް ލިބިފައެވެ.

 

އޭދަފުށީގައި ބޭނުންކުރާ ކަރަންޓްގެ މިންވަރު، އިންތިހާއަށް މަތިވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ހާއްސަކޮށް ހޫނު މޫސުމާ ދިމާކޮށް ކަރަންޓް ކެނޑުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މިކަން ހައްލު ކުރުމަށްކަމަށް ބުނެ 2017ވަނަ. އަހަރު 800ކވ.ގެ އިންޖީނެއްވެސް އޭދަފުށީގައި ވަނީ ބަހައްޓާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top