ގައުމީ ތާރީޚް ސުވާލު މުބާރާތް ފަށައިފި

big_KFRgJxvGQI0zkZlH4F7BW1ybD.jpg

ފޮޓޯ /ޕީއެސްއެމް

ރާއްޖޭގެ ތާރީޚް ލިއުއްވައި ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްގާޒީ ޙަސަން ތާޖުއްދީންގެ ވާދައިގެ ތައްޓަށް ބާއްވާ ޤައުމީ ތާރީޚް މުބާރާތް މިއަދު ފަށައިފިއެވެ. ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް ހުޅުވާލައިގެން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި 20 ސްކޫލް ބައިވެރިވެއެވެ.

ކުރީގެ އެމްއީއެސް ހިންގި އިމާރާތުގެ ހޯލުގައި ކުރިއަށް ދާ މި މުބާރާތް ޝަރަފްވެރި ކޮށްދެއްވާފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރ އަހްމަދު ނަސީމު އެވެ. މުބާރާތް ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ހުރި ތާރީޚީ ތަންތަން ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން ވިރާނާވެ ހަލާކުވަމުންދާ ތަންތަން މަރާމާތުކޮށް އެތަންތަނަށް ދޭންޖެހޭ “ފަރުވާ” ވީހާވެސް އަވަހަކަށް ދޭންޖެހޭކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމުގެ މަޤުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ތާރީޚަށް ލޯބި ޖައްސުވައި ތާރީޚު އުނގަންނައި ދިނުން އިތުރުކުރުންކަމަށެވެ. ދަރިވަރުން ފުރާވަރަށް އެރުމުގެކުރިން އެދަރިވަރުންނަށް ތާރީޚު ދަސްކޮށްދީ ތާރީޚަށް ލޯބި ޖެއްސުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

އުމުރުފުރާ ތަކަށް ބަހާލައިގެން މިމުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 5 ދުވަހުގެ މުއްދަތަަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top